ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް ނަޝީދާއި އިލްޔާސް ލަބީބް އައްޑުއަށް ވަޑައިގަތީ މިއަދުގެ ހަވީރުގެ ވަގުތެެއްގައެވެ. ނަޝީދާއި އިލްޔާސްގެ މި ދަތުރުފުޅުގައި އައްޑޫގެ އަވަށްތަކުގެ ރައްޔިތުންނާއި ޑިމޮކްރެޓްސް ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކާއި މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން މިރޭ އައްޑޫ ސިޓީ ފޭދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫ އަކީ މީގެކުރިން ރައީސް ނަޝީދަށް ބޮޑު ތާއީދެއް އޮތް ސިޓީއެއް ނަމަވެސް މިއަދު އައްޑޫއަށް އެމަނިކުފާނު ވަޑައިގެންނެވުމުން ލިބިވަޑައިގެންފައިވަނީ ފިނި ތަރުހީބެއްކަން ފާހަގަކޮށްލެވެއެވެ.

މިއީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވި ފަހުން އަތޮޅު ތެރެއަށް ކުރަށްވާ ފުރަތަމަ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން