އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 އިންސައްތަ ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫއުގެ ދަށުން ކުރިއަށްދާ ނެރު ފުންކުރުމުގެ މަސައްކަތާއި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި ހަފުތާ ތެރޭ ފެށިގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 49،437.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 8،600 ކިއުބިކް މީޓަރުގެ ބަނދަރު ސަރަޙައްދު ފުންކުރުމާއި، 460 މީޓަރުގެ ސަރަޙައްދުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 14.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން