ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައެވެ.

މި ދަތުރުފުޅުގައި ރައީސް ސާލިހު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިގޮތުން ރައީސް ސާލިހަށް މަރުހަބާ ދެންނެވުމަށް ފުވައްމުލަކު ސިޓީ އެއަރޕޯޓް ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ.



ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައެވެ. އަދި ދައުލަތުގެ ވަޒީރުންނާއި އެމްޑީޕީގެ އިސް ބޭފުުޅުންވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ސާލިހުގެ މި ދަތުރުފުޅުގެ ތެރެއިން މިރޭ ފުވައްމުލަކު ސިޓީގައި ކެމްޕެއިން ޖަލްސާއެއް ބާއްވާނެއެވެ. މި ޖަލްސާގައި ރައީސް ސާލިހުގެ ރަނިން މޭޓް އިއުލާންކުރާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ރައީސް ސާލިހުގެ ރަނިން މޭޓަކަށް ހަމަޖައްސާނީ ރައީސްގެ ނާއިބަކަށް މިހާރުވެސް ހުންނެވި އަދި ފުވައްމުލަކު ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް ނަސީމްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން