ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ-އެމްޑީއޭ-އަދާލަތުގެ ގުޅިފައިވާ ކޯލިޝަނުން ވާދަކުރައްވާ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ވާދަކުރާނެ ފެންވަރުހުރި ކެންޑިޑޭޓެއް ނެތްކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގައި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްުޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފުވައްމުލަކު ސިޓީގައި ޤާއިމްކުރި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމެވެ. އަދި މި ސެންޓަރުގެ ދިދަ ނަންގަވައިދެއްވީ ރައީސް ސާލިހެވެ.

އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްުޔާތުގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބު ރައީސް މައުރޫފް ވިދާޅުވީ އަދަލާތު ޕާޓީއާ އެމްޑީއޭއާއި އެމްޑީޕީ ގުޅިގެން އިންތިހާބަށް ނިކުތުމުން ކޯލިޝަނެއް ހަދައިގެން ނިކުތަސް އިތުރު ބަޔަކަށް ކާމިޔާބެއް ނުލިބޭނެކަމަށެވެ.

މައުރޫފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު ފަދަ ޤާބިލު ބޭފުޅެއް ނެތްކަމަށާއި އަދި އެމަނިކުފާނާއި ވާދަކޮށްލެވޭނެ ބޭފުޅެއްވެސް ނެތްކަމަށެވެ.

މައުރޫފް ވިދާޅުވީ 2018 ވަނަ އަހަރު ތެރޭގައި އެމްޑީއޭއިން ރައީސް ސާލިހާއެކު ކޯލިޝަން ހެދިކަމަށާއި އަދި އެ އަހަރު ސިއްރު ބައްދަލުވުމެއް އެމްޑީއޭއިން ބާއްވައި، ރައީސާއެކު ތިބިކަން އޭރުވެސް ދަންނަވާފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައީސް ސާލިހު ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޑީއޭގެ އިސް ބޭފުޅުންނާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން