ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްްސް (ޕީޕީއެމް) ގެ ބޭފުޅަކު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެެވެ.

ނަޝީދު މިކަމަށް އެދިވަޑައިގަތީ އައްޑޫ ސިޓީ ހިތަދޫގައި މިރޭ ކުރިއަށްދާ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި ޑިމޮކްރެޓްސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ

ޕީޕީއެމުން ދައްކަމުންދާ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން ޕީޕިއެމްގެ މެމްބަރަކު ޑިމޮކްރެޓްސްގެ ރަނިންމޭޓަކަށް ވުމުގެ ފުރުސަތު އޮތީ ވަރަށް ފުޅާކޮށް ހުޅުވިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ޕީޕީއެމްގެ ލޮބުވެތި މެންބަރުންގެ ކިބައިން، އަދި ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަރުންގެ ކިބައިން ވަރަށް އިހްލާސްތެރިކަމާއެކު އެދެން އިލްޔާސް ލަބީބުގެ ރަނިން މޭޓެއްގެ ގޮތުގައި ތިބޭފުޅުންގެ ބޭފުޅަކު ހުށަހެޅުމުގެ ފުރުސަތު އޮތީ ވަރަށް ފުޅާކޮށް ހުޅުވިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައެޅުމަށް އެޕާޓީން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެެވެ. އަދި ރައީސް ޔާމިންގެ ރަނިންމޭޓަކަށް ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު މިއަދު ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން