ޖަޕާނުގެ ޚާރިޖީ ވަޒީރު ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރާއެކު މުހިއްމު މަޝްވަރާތަކެއް ބާއްވައި، މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

'

ޖަޕާނުގެ ޚާރިޖީ ވަޒީރު ފޮރިން މިނިސްޓަރގެ ދަތުުރުފުޅުގެ ތެރެއިން ޖަޕާނުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ ބައެއް ތާރީހީ މަޝްރޫޢުތައްވެސް ބައްލަވާލެއްވިއެވެ. އެގޮތުން މާލެ ވަށައި ތޮށިލުމަށް ހިންގާފައިވާ މަޝްރޫޢާއި ޖަޕާނުގެ އެހީގައި ބިނާކޮށްފައިވާ ކަލާފާނު ސްކޫލަށްވެސް އެ މަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.

ޖަޕާނުގެ ޚާރިޖީ ވަޒީރު ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާއު ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން