އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިންނުކުރެވޭނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރުމުންނެވެ.

ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ އިިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެމްޕެއިނަށް ހުރަސްއަޅަމުންދަނީ ރައީސް ސާލިހާއި ވާދަކުރާނެ ކެނޑިޑޭޓެއް އެ ފަރާތްތަކަށް ނުދެއްކިގެން އުޅޭތީކަމަށެވެ. ފައްޔާޒު ވިދާޅުވީ މިއީ ހުރިހާ ޕާޓީތަކަކުންވެސް ކެމްޕެއިން ކުރަންވީ ވަގުތުކަމަށާއި، އެހެންކަމުން އެމްޑީޕީއަށްވެސް ކެމްޕެއިން ކުރަން ޖާގަ އޮންނަންވާނެކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިނަށް ހުރަސަ އަޅާނަމަ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިދިކޮޅު ފަރާތްކަށްވެސް ކެމްޕެއިން ނުކުރެއްވޭޏެކަމަށެވެ.

"ކެމްޕެއިނަށް ހުރަސް ނާޅާ، ކެނޑިޑޭޓެއް ދައްކަވާފައި ދެން ކެމްޕެއިން ކުރައްވާށޭ. ރައީސް ސާލިހަަކީ ވަރަށް ހިތްތިރި ބޭފުޅެއް. އެކަމަކު އަޅުގަނޑުމެންނަކީ އެހާ ހިތްތިރި ބައެއް ނޫން. އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅަށް ކެމްޕެއިނެއް ނުކުރެވޭނެ" ފައްޔާޒު ވިދާޅުވެއްޖެއެވެ.

ފައްުޔާޒު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރާއްޖޭގައި ބިރުވެރިކަމެއް އޮތަސް، މިހާރު ރާއްޖޭގައި އެފަދަ ބިރުވެރިކަމެއް ނެތްކަމަށެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ ފުވައްމުލަކު ސިޓީން އެމްޑީޕީއަށް އޮތް ސަޕޯޓް ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކެމްޕެއިންގެ އިންތިޒާމްތައް ފުރިހަމަކަންވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން