ގައުމުގައި ތިއްބެވި އިލްމީ ބޭފުޅުން ނުކުމެވަޑައިގެން ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދިނުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ އެދިވަޑައިގެންފިއެެވެ.

ޖުމްހޫރީ ޕާޓީގެ މީޑިއާއިން އަލަށް ފެށި "ގާސިމްގެ ތަސަައްވުރު 2023" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުން ވޯޓް ދޭންވާނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓު ދެނެގަތުމަށްފަހު އެ ކެންޑިޑޭޓަކަށް ކަމަށެވެ. އެގޮތުން އެކަން ކުރުމަށް އެންމެ ފަސޭހަ ގޮތަކީ ގައުމުގައި ތިއްބެވި އިލްމީ ބޭފުޅުން ނުކުންނަވައި ރިޔާސީ ކެންޑިޑޭޓުންގެ އޮޑިޓެއް ކުރައްވައި ރައްޔިތުންނަށް ރަނގަޅު ކެންޑިޑޭޓެއް ދެއްކުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް އެ ބޭފުޅުން (އިލްމީ ބޭފުޅުން) އެބަ ދަންނަވަން ޖެހޭ މީއޭ ރަނގަޅު ކެންޑިޑޭޓަކީ، އެއީއޭ ރަނގަޅު ކެންޑިޑޭޓަކީ،" ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ދިވެހި ގައުމަށް ކުުރިއެރުމެއް ހޯދައިދެވޭނީ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓަކީ މިވެނި މީހެއްކަން ރައްޔިތުންނަށް ދައްކައިދީގެން ކަމަށެވެ. ގާސިމް ވިދާޅުވީ ރައްޔިތުން ބޭފުޅަކު ވެރިކަމަށް ހޮވާއިރު އެބޭފުޅަކު އައިސްފައިހުރި ހަސަބާއި ނަސަބަކަށް ބަލަންނުޖެހޭ ކަމަށާއި އެބޭފުޅެއްގެ ކުލައަކަށް ސިފައަކަށްވެސް ބަލާކަށް ނުޖެހޭ ކަމަށެވެ.

ވެރިކަަމަށް މީހަކު ހޮވާއިރު ބަލަންވީ އެމީހެއްގެ އެޗީވްމަންޓަށް ނުވަތަ އެމީހަކު ހާސިލްކޮށްފައިވާ ކަންކަމުގެ މައްޗަށްކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ހަމައެކަނި އިލްމެއް ލިބުނަސް ވެރިކަމަށް ކުފޫ ހަމަނުވާނެ ކަމަށެވެ. އަދި އިލްމާއެކު ހިލްމުވެސް ވެރިކަމުގެ މައިދާނަށް ނުކުންނައިރު ބޭނުންވާކަމަށް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން