ތަރައްގީގެ މަޝްރޫތަކަށް މީގެ ކުރީގެ ސަރުކާރުތަކުން ކުރި ހޭދައަށްވުރެ ބޮޑު ހޭދައެއް މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ތެރޭގައި ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެެއެެވެ.

ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފުނަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ތަރައްގީގެ މަޝްރޫތަކަށް މީގެ ކުރީގެ ސަރުކާރުތަކުން ކުރި ހޭދައަށްވުރެ ބޮޑު ހޭދައެއް މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ. އެގޮތުން 2014 އިން 2018އާ ހިސާބަށް އޮތް ވެރިކަމުގައި ޕީއެސްއައިޕީގެ މަޝްރޫތަކަށް ޚަރަދުކުރެވިފައި ހުރީ 22 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުގައި މިހާތަނަށް އައިއިރުގައި 32 ބިލިއަން ރުފިޔާ ޕީއެސްއައިޕީގެ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއު ތަކާއިއެކު ބޮޑުތިލަދުންމަތީގެ ތިން އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަަމަށެވެ. އެ ބޮޑު ބަދަލު ކުރިއަށް އޮތް ހަތަރު އަހަރު ފަސް އަހަރު ތެރޭގައި ފެނިގެންދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ތިބޭފުޅުންގެ ވިސްނުން ބަހައްޓަންވީ މިއަންނަ ބޮޑު ބަދަލާއެކީގައި ކުރިއަށް ވަޑައިގަތުމަށް. އަޅުގަނޑަށް ހަމަ ޔަގީން މިއިން އެއްވެސް ބޭފުޅަކު ބާކީވެގެން ނުދާނެ. ކުރިއަށް އޮތީ އުފާވެރި އަމާން ރާއްޖެ އެއް. އިރާދަކުރެއްވިޔާ އެމްޑީޕީ އާއި އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއެކުގައި ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެ އެއް ހޯދައިދިނުމަށް މިކުރާ މަސައްކަތް މުޅި ރާއްޖެއިން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން