ގައުމަށް ދެރައެއް ލިބޭއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ހުންނަވާނީ އެންމެ ކުރީގައިކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ގާސިމް އިބްރާހިމް ގެންދަވަނީ ޤައުމުގެ އިސްލާހީ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ. އެގޮތުން ގާސިމަކީ އޭރު އޮންނަ ވެރިކަމަކަށް އެއްބާރުލުން ދީގެން ޤައުމުގެ ކަންކަން އިސްލާހުކުރެއްވުމަށް ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާ ބޭފުޅެއްކަމަށެވެ.

ސައުދު ވިދާޅުވީ ސަރުކާރުތަކަށް އެއްބާރުލުން ދިނަސް، ރައްޔިތުން ނުވަތަ ޤައުމަށް ގެއްލުންވާ ގޮތަށް ބަޔަކު ކަމެއްކޮށްފިނަމަ އެކަމާދެކޮޅަށް، އެންމެ ކުރީގައި ހުންނަވާނީ ޤާސިމްކަމަށެވެ.



"ޤައުމާއި ގުޅުންހުރި، ރައްޔިތުންނާއި ގުޅުންހުރިކަމެއްގައި އޭރު ހުންނަވާ ވެރިޔަކު ކިރިޔާވެސް ގޯހެއް ހައްދަވައިފިނަމަ އެންމެ ފުރަތަމަ އެކަމަށް ނޫނެކޭ ވިދާޅުވާނީ އޮނަރަބަލް ގާސިމް އިބްރާހިމް،" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އޭނާއަކީ ގާސިމްގެ މަސައްކަތްޕުޅު ވަރަށް ކައިރިން ދުށް މީހެއްކަމަށާއި، އެކަމުގެ ތެރެއިން ފެނުނީ އެމަނިކުފާނުގެ އިންސާނިއްޔަތުކަން ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ގާސިމްފަދަ އިންސާނިއްޔަތުކަމުގެ ލާމަސީލު ބޭފުޅަކަށް ތާއީދު ނުކުރަންވީ ސަބަބެއް ނެތްކަމަށާއި، ޤައުމަށް ބޭނުންވަނީ އިންސާނިއްުޔަތުކަން ކަމަށެވެ. އަދި އެމަނިކުފާނަކީ އެއްވެސް ބޭފުޅަކަށް ބަދަލު ހިފުމުގެ ރޫހު ނުގެންގުޅުއްވާ، އެންމެނަށް ހަމަހަމަކަމާއެކު ވެރިކަން ކުރައްވާނެ ބޭފުޅެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން