ފުވައްމުލަކު ޑައިވް ސްޕޮޓްތަކަށް ފީނާ މީހުން އަތުން ފީނެގުން ފަސްކޮށްފިއެވެ.
ފުވައްމުލަކު އިހުތިސާސްގެ ތެރޭގައި ހިމެނޭ ޑައިވް ސްޕޮޓްތަކަށް ފީނާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ކައުންސިލުން ނިންމުމާ ގުޅިގެން އެރަށުގެ ޑައިވަރުން ވަނީ މީގެ ކުރިން ކައުންސިލް އިދާރާގައި މުޒާހަރާވެސް ކޮށްފައެވެ. އެގޮތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ނުދެވޭއިރު، ޑައިވަރުންގެ އަތުން ފީއެއް ނެގުމަށް ނިންމުމުން އެމީހުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މި ޤަވާއިދަށް އަމަލުކުރުން ފަސްކޮށްފައި މިވަނީ މިއަދު ޤަވާއިދަށް އަމަލުކުރަން ފެށުމަށް ކުރިން ނިންމާފައި ވަނިކޮށް ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ކައުންސިލަރުންގެ އިއްތިފާޤުންނެވެ. މިއީ މިދިޔަ ޖޫންމަހު ފުވައްމުލަކު ސިޓީ ކައުންސިލުން ގެޒެޓް ކުރި ޤަވާއިދެކެވެ.
ފުވައްމުލަކު ކައުންސިލްގެ ފީނެގުމުގެ ޤަވާއިދުގައިވާ ގޮތުން ދިވެހިންނާއި، ރާއްޖޭގެ ވޯކް ވިސާ އަދި ސްޓޫޑެންޓް ވިސާ އޮތް މީހުންގެ ތެރެއިން ރާއްޖެއިން ބޭރުގެ އުޅަނދުތަކުން އަންނަ މީހުންގެ ބޮލަކަށް 200 ޑޮލަރު ނަގާނެއެވެ. ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އަންނަ މީހުންގެ ބޮލަކަށް 20 ޑޮލަރު ނެގުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުގެ މީހުންގެ ބޮލަކަށް 20 ޑޮލަރު ނެގުމަށް ކަނޑައަޅާފައިވެއެވެ.
ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އަންނަ ބިދޭސީންގެ ބޮލަކަށް 55 ޑޮލަރު ނަގާއިރު ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން އަންނަ ބިދޭސީންގެ ބޮލަކަށް 40 ޑޮލަރު ނަގާނެކަމަށް ޤަވާއިދުގައިވެއެވެ.
ޤަވާއިދުގައިވާ ގޮތުން ފީ ނެގުމަށްފަހު ފީނަން ދެނީ 15 ދުވަހުގެ ހުއްދަ އެކެވެ.

ކިޔުންތެރިންގެ ހިޔާލު