ސްޕެޝަލިސްޓުންގެ ސްކޮލަރޝިޕް ލިބޭ 7 ޑޮކްޓަރުންގެ ވަގުތީ ލިސްޓް ނެރެފިއެވެ.

ސްޕެޝަލިސްޓުންނަށްވާން ބޭނުންވާ ޑޮކްޓަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޭޕްރިލްމަހުއެވެ.

މި ސްކޮލަރޝިޕް ފުރުޞަތަށް އެދި 49 ޑޮކްޓަރަކު ހުށަހެޅިއިރު މީގެތެރެއިން ފުރުޞަތު ލިބޭ ޑޮކްޓަރުން ކަނޑައަޅާފައިވަނީ، މަރކްސް ދޭ ޚާއްސަ އުސޫލެއްގެ ދަށުންނެވެ.

ހުރިހާ ޚަރަދެއް ސަރުކާރުން ބަލަހައްޓާގޮތަށް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލި މި ސްކޮލަރޝިޕްތައް ލިބުނު ޑޮކްޓަރުންގެ ދާއިމީ ލިސްޓު އިޢުލާންކުރާނީ، ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތަށްފަހު މިމަހުގެ 10 ވަނަ ދުވަހުއެވެ.

ސްކޮލަރޝިޕަށް ހޮވުނު ޑޮކްޓަރުންނަށް، އެކަން އަންގާތާ 10 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހޭނެއެވެ. އަދި މި ސްކޮލަރޝިޕްގައި ކޯސް ފީއާއި، ޓިކެޓާ ބުކް އެލަވަންސް އަދި ވިސާ އަދި އިންޝުއަރެންސްގެ ޚަރަދުވެސް ބަލަހައްޓާނީ ދިވެހި ސަރުކާރުންވެ.

ސްކޮލަރޝިޕްގެ އުސޫލުގައިވާގޮތުން ކޯސް ފުރިހަމަކުރާ ޑޮކްޓަރުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ މުއްދަތަށް ރާއްޖޭގައި ޚިދުމަތް ކުރަން ޖެހޭނެއެވެ.

މި ސްކޮލަރޝިޕް ދީފައިވާ ދާއިރާތަކުގެ ތެރޭގައި އެނެސްތީއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާޖަރީ، ޕީޑިއޭޓްރިކް، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނަކޮލޮޖީ އަދި ޖެނެރަލް ސަރޖަރީ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން