ސަރުކާރުން ހުޅުވާލާ ސްޕެޝަލިސްޓުންގެ ސްކޮލަރޝިޕްތަކާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ސްޕެޝަލިސްޓުންގެ ހިދުމަތް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން މިހެން ވިދާޅުވީ ހުރިހާ ޚަރަދެއް ސަރުކާރުން ބަލަހައްޓަވާގޮތަށް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލި ސްކޮލަރޝިޕް ލިބިވަޑައިގަންނަވާ 7 ޑޮކްޓަރުންގެ ވަގުތީ ލިސްޓް އިއުލާންކުރުމާއި ގުޅިގެނެވެ.

މިނިސްޓަރ ހަސަން ވިދާޅުވީ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން ތައްޔާރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި އެގޮތުން ކުރި މަސައްކަތުން ފަންނީ ޤާބިލް ބަޔަކު އުފެއްދިފައިވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިއަދުވެސް އިތުރު ޑޮކްޓަރުންތަކަކަށް ފުރުސަތުތައް ހުޅުވާލެވިފައިވާކަމަށާއި އެއީވެސް ސަރުކާުރުން ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސްޕެޝަލިސްޓް ޚިދުމަތް ފުޅާކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



"މި ސްކޮލަރޝިޕް ފަހިކޮށްދެނީ، އެނބުރި ޤައުމަށް އައިސް މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައި. މީގެ ބޭނުމަކީ އަމިއްލަ ރަށުގައި ނުވަތަ އެ ސަރަޙައްދެއްގައި ތިބެގެން ފަސޭހައިން ލުއިކޮށް ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން،" މިނިސްޓަރ ވިދާޅުވިއެވެ.

މި ސްކޮލަރޝިޕް ދީފައިވާ ދާއިރާތަކުގެ ތެރޭގައި އެނެސްތީއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާޖަރީ، ޕީޑިއޭޓްރިކް، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނަކޮލޮޖީ އަދި ޖެނެރަލް ސަރޖަރީ ހިމެނެއެވެ. މި ހަތް ދާއިރާއިން ކޮންމެ ދާއިރާއަކުން އެއް ފުރުޞަތު ވަނީ ދީފައެވެ.

ސަރުކާރުން ގެންދަނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ހިލޭ ޑިގްރީއާއި ސްޓޫޑެންޓް ލޯނަކީ މިމަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ސްކީމްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން