ދިވެހިންގެ ބެންކުކަމަށް ބުނާ، ބޭންކް އޮފް މޯލްޑިވްސްގެ އެންމެ އިސް މަޤާމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް އަނެއްކާވެސް ބޭރު މީހަކު އައްޔަންކޮށްފިއެވެ.

ވިޔަފާރިއާއި މާލީ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ އެތައް ދިވެހިނެއް ތިއްްބާ، ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަޤާމަށް އައްޔަންކޮށްފައިވަނީ މރ. މޯގަން ބީންލޭންޑް ނަމަކަށް ކިޔާ އުމުރުން ދުވަސްވީ ބޭފުޅެކެވެ. މިއީ ކޮން ޤައުމެއްގެ މީހެއްކަން ޔަޤީނެއް ނުވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެންމެ އިސް މަޤާމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ ކުރިން އެ މަޤާމުގައި ހުރި ބޭރު މީހެއްކަމަށްވާ ލައުރާ ޖޭމީސަންގެ ކޮންޓްރެކްޓް ހަމަވުމުންނެވެ.

ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަޤާމަށް އައްޔަންކުރާނެ ފެންވަރުގެ ދިވެހިން ތިއްބާ ބޭރު މީހަކަށް އަނެއްކާވެސް އެ މަޤާމު ދިން ސަބަބެއް ދިވެހިންގެ ބެންކަކުން ހާމައެއް ނުކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބެންކުގެ ބޮޑެތި މަޤާމުތަކުގައި ތިބީ ހުސް ބޭރު މީހުންނެވެ. އެގޮތުން ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަަޤާމާއި، ޗީފް ފައިނޭންޝަލް އޮފިސަރ، ޗީފް ރިސްކް އޮފިސަރ އަދި ޗީފް އިންޓަރނަލް އޮޑިޓަރަކީވެސް ބޭރު މީހުންނެވެ.

ބީއެމްއެލްގެ އިސް މަޤާމުތަކަށް ބޭރު މީހުން އައްޔަންކުރަމުންދާއިރު، އެކަމާއި ދެކޮޅަށް ގިނަ ބަަޔަކު ދަނީ އަޑު އުފުލަމުންނެވެ. އަދި ބައެއް މީހުން ބުނާގޮތުން ދިވެހިންގެ ބެންކަކީ ސަރުކާރުގެ ބާރެއް ނުހިނގާ ތަނެކެވެ. އަދި އެއީ މަދު ވިޔަފާރިވެރިންތަކެއް ކޮންޓްރޯލްކުރާ މުއައްސަސާއެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން