ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއަށް ބިރުދެއްކި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން އޭނާއަށް ބިރު ދެއްކި މައްސަލައެއްގައި މިރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެން ނަމަވެސް ހައްޔަރު ކުރި މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދަރިފުޅުގެ ފޮޓޯ ބޭނުންކޮށް ޓްވިޓާގައި އޭނާ ބިރު ދައްކާ މައްސަލަ ބަލަން ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އަރިހުން އީވާ މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން