ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހަދައިގެންއުޅޭ އެކައުންޓްގެ ފަހަތުގައިވާ މީހަކު ނުވަތަ ބަޔަކު ހޯދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

ހަސަން ކުރުސީ"ގެ އެކައުންޓްގެ ފަހަތުގައިވާ މީހަކު ނުވަތަ ބަޔަކު ހޯދުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ އެދުމަކަށް މިއަދު ވަނީ އަމުރެއް ނެރެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ "ކުރުސީ" އެކައުންޓް ހިންގަނީ ކާކުތޯ ބަލަމުން ދަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ އިދާރާއަށް ހުށައަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

"ހަސަން ކުރުސީ" އެކައުންޓަކީ މީސްމީހުންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެތައް ވާހަކައެއް ދައްކައި، މީހުންގެ އަބުރު ކަތިލަން ހިންގާ ޓުވީޓާއެކައުންޓެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.



ބައެއް ފަރާތްތަކުން ބުނާގޮތުގައި "ހަސަން ކުރުސީ" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ ޓުވީޓާ އެކައުންޓެކެެވެ. އެހެން ނަމަވެސް "ހަސަން ކުރުސީ" އަކީ އެމަނިކުފާނު ހިންގަވާ އެކައުންޓެއް ކަމަށް ދައްކާ ވާހަކަ އެމަނިކުފާނު ވަނީ މީގެ ކުރިން ދޮގުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން