މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ފަރުވާ ކުޑަކޮށް، ރައްޔިތުން ވޯޓްނުލައިފިނަމަ އެނބުރި އަނިޔާވެރިކަަމަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. ބާރަށަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ބާކީ އޮތީ 39 ދުވަސް ކަމަށާއި، އެންމެ މުހިންމު ކަމަކީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިކުމެ ވޯޓްލުން ކަމަށެވެ.

ރައީސް ވިދާޅުވީ ވޯޓްލުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު އިދިކޮޅު ވާދަވެރިންގެ ފަރާތުން ވާދަވެރިކަން އެމަނިކުފާނަށް ފެނިވަަޑައިނުގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަގުތު އޮތްގޮތުން އިންތިހާބާ މެދު އެހާބޮޑު އަހައްމިޔަތެއް ނުދީ ބައެއް ރަށްރަށުގައި މީހުން ތިބޭތަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވާދަވެރިކަން ނެތުން އެއްކަމަކީ، ސިޔާސީ ހަރަކާތެއް މާބޮޑު ސިޔާސީ ވާދަވެރިންގެ ކިބަޔަކުން މި އިންތިހާބާއި ދޭތެރެއަކު ނުފެނޭ، އެހެން ނަމަވެސް އަަޅުގަނޑުމެން ފަރުވާތެރި ކަމާއި އެކުގައި އެކަން ކުރަންޖެހޭ، މިއީ މުޅި ރާއްޖޭގެ މުސްތަގުބަލާއި މެދު އަޅުގަނޑުމެން ނިންމަންޖެހޭ ނިންމުމެއް. ފަރުވާ ކުޑަކޮށް މި އިންތިހާބުގައި ނިކުމެ ވޯޓްނުލައިފިނަމަ އަނެެއްކާވެސް އެނބުރި ކުރިން އޮތް އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުގެ ފުރުސަތު އެބައޮތް، ތިބޭފުޅުން އެކަމާއި މެދު ފުންކޮށް ވިސްނަވާ އެދުވަހު ވީހާވެސް އަވަހަކަށް ނިކުމެ ވޯޓްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އިލްތިމާސެއް،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން