ސަރުކާރުގެ ވަޢުދުތަކުގެ 90 އިންސައްތަ ދަނީ ފުރިހަމަވަމުންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް އިފްތިތާޙުކޮށް ދެއްވުމަށް ފަހު އެއަތޮޅު މުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވީވައުދުގެ 90 އިންސައްތަ ފުރިހަމަވަމުން ދަނީ، ސިޔާސީ ހަލަބޮލިކަން ދޫކޮށް މުރައިދޫ ފަދަ އަޅާނުލާ ހުރި ރަށްތައްވެސް ބާކީނުކޮށްކަމަށެވެ.



ރައީސް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ ސުލްހަވެރިކަމާއެކު މުޅި ރާއްޖެ ކުރިއަރުވަންކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އަންނަ ދައުރުގެވެސް އަމާޒަކީ ހަމަޖެހުން ދަމަހައްޓައި ވައުދުތައް ފުއްދުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އިފްތިތާހުކޮށްފައެވެ. އޭގެތެރޭގައި އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން