މުރައިދޫގައި ތަރައްޤީކުރި އައު އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މުރައިދޫގައި ތަރައްޤީކުރި އައު އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ފެނަކައިން ހއ.މުރައިދޫގައި ތަރައްޤީކުރި އައު އިންޖީނުގެ ހުޅުވައިފިއެވެ.

ހއ.މުރައިދޫގައި ތަރައްޤީކުރި އައު އިންޖީނުގޭގެ އޮފީސް އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

ރައީސުލްޖުމްހޫރިއްޔާ މުރައިދޫ ފެނަކަ އައު އިންޖީނުގެއާ އޮފީސް ހުޅުއްވައި ދެއްވީ އެމަނިކުފާނު މިހާރު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު އެރަށަށް ވަޑައިގެންނެވެ.



ފެނަކައިން ހއ. މުރައިދޫގައި އިމާރާތްކުރި ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ ތަނެކެވެ. އަދި ކުރިން ހުރި އިންޖީނުގެ ހުރީ އަވަށުތެރޭގައި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 620 ކިލޯ ވޮޓްއެވެ. އަދި ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޢިމާރާތެކެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން