ރާއްޖޭގެ ރަށްރަށުގެ ތަރައްގީ އާ ހަރުފަތަކަށް ގެންދެވޭނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހަށް ވޯޓް ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ގެ ކެމްޕެއިންގެ ތެރެއިން ހއ. މުރައިދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ރައީސް ސާލިޙަށް ރައްޔިތުންގެ ހިތުގެ ލޯބި ދޭންނުޖެހޭ އެެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ކޮވިޑާއެކު ގެއްލުނު ދެ އަހަރާއި އެކުވެސް ރާއްޖޭގެ ތަރައްގީއަށް މި ސަރުކާރުން ކޮށްފައިހުރި މަސައްކަތަކާއި ދައުލަތުން ކޮށްފައިވާ ހޭދަ އަށް ބަލާއިރު ވޭތުވެ ދިޔަ 30 އަހަރާ އަރާ ހަމަކުރެވޭނެ ކަމަށް އަޙުމަދު ވިދާޅުވިއެވެެ. ރާއްޖޭގެ ކުރިއެރުމާއި ލާބައާއި މަންފާއަށްޓަކައި ކުރާ މަސައްކަތުގައި ކުލަޖެހެން އޮތީ ރައީސް ސޯލިހަށް ވޯޓު ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކާވެސް އަޅުގަނޑުމެން ކުރާ އުއްމީދު އަނެއް ހަރުފަތަށް ރަށް ގެންދިޔުމަށްޓަކައި މި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާ އަށްޓަކައި ކުރާ މަސައްކަތުގައި ކުލަޖެހެން އޮތީ އަޅުގަނޑު ގެރެންޓީ އާއިއެކު މިދަންނަަވަނީ ރައީސް ސާލިޙަށް ވޯޓް ދީގެން، އެހެންވީމަ އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ ހއ. އިން ފެށިގެން އައްޑޫ އާއި ހިސާބަަށް މަންޒަރު ފެންނަމުން މިދަނީ ކުލަތައް އުތުރި އަރަމުން، ފެންނަ މަންޒަރުތަކާއި ގުޅެމުންދާ މީހުންނަށް ބަލާއިރު ޝައްކެއް ނެތި ޔަގީންވެގެންދަނީ އިރާދަކުރެއްވިއްޔާ 9 ސެޕްޓެންބަރު މަހު މިލާ ވޯޓްގައި ރައީސް ބޮޑު ތަނުން އެއްބުރުން މި އިންތިހާބު ކާމިޔާބުކުރާނެ،" ބާރަށު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން