ހުޅުމާލެގައި އިތުރު 4000 ފްލެޓް އަޅަން ހަވާލުކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން 4000 ފްލެޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏެއްކަމަށްވާ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭޕީއައިއެލް އާއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެފްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރެ

ވެ. ކޭޕީއައިއެލްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ ހެޑް ސަރުވަޖީތު ސިންގއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 2000 ހައުސިން ޔުނިޓެވެ. އެއީ 3 ކޮޓަރީގެ 1400 ޔުނިޓާއި 2 ކޮޓަރީގެ 600 ޔުނިޓެވެ.

ހުޅުމާލޭގައި މިހާރުވެސް 4000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު އޭގެތެރެއިން 2000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީވެސް ކޭޕީއެލް ކުންފުނިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން