ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ދެވަނަ ދައުރެއްގައި ހަނިމާދޫ ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދައިދޭނެ ކަމަށްހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫގައި ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ޖަލްސާގައި ވާހަކަ ދައްކަަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ހަނިމާދޫ ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދާނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން ރައީސް ސާލިޙުގެ ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންފިނަމަ ހަނިމާދޫ ރައްޔިތުން ފުދުންތެރި ބަޔަކަށް ހައްދަވާނެ ކަމަށާއި އެކަމާ މެދު ޝައްކު ނުކުރަށްވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި ރައީސްގެ ދެވަނަ ދައުރެއްގައި ހަނިމާދޫގައި މިހާރު ހިންގާ ތަރައްގީގެ ޕްރޮޖެކްޓް ތަކަށްވުރެ މާގިނަ ޕްރޮޖެކްޓްތައް ހަނިމާދޫގައި ހިނގާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ތިބޭފުޅުންނަކީ އިގްތިސާދީގޮތުން ފުދުންތެރިބަޔަކަށް ހަދާނެ ސަރުކާރަކީ ރަައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ 2023 ގައި އިންތިހާބު ކާމިޔާބުކޮށްގެން އެ އަންނަ ސަރުކާރުކަން ތިބޭފުޅުން ޔަގީންކުރޭ،" ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތާއެކު ބައެއް ފަރާތްތަކުން ރާއްޖެ ބަނގުރޫޓްވަނީ ކަމަށް ބުނަމުންދިޔަ ކަމަށާއި، އެހެން ނަމަވެސް ބަނގުރޫޓްވީ އެވާހަކަ ދެއްކި މީހުން ކަމަށެވެ. ރާއްޖެ ބަނގުރޫޓެއް ނުވާނެ ކަމަށާއި މި ސަރުކާރު އޮތީ ރައްޔިތުންނާއިއެކު ގަދަކޮށް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ރާއްޖެ މިއޮތީ ގަދަކޮށް ރައްޔިތުންނާއި އެއްކޮށް މި ސަރުކާރާއި ދެން އަންނަން އޮތް އަޅުގަނޑުމެންގެ ސަރުކާރާއި އެއްކޮށް، ބާރަށް އަޅުގަނޑުމެންދާނީ ކުރިއަށް އެމަންޒަރު މުޅި ރާއްޖެ އިން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ،" ޣަފޫރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން