ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދަވަން އުޅުއްވަނީ ކުރީގެ ރައީސް ޔާމިން ޖަލުން މިނިވަން ކުރުމަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ. އެގޮތަށް ނިންމީ މިއަދު ބޭއްވި ސެނެޓްގެ ބައްދަލުވުމެއްގައެެވެ.

ޕީއެންސީން މިހާރު ވަނީ އެޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު 14:00 އާއި ހަމަޔަށް ހުޅުވާލާފައެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ނެރޭ ކެންޑިޑޭޓަށް ވާން ކުރިމަތިލުމުގެ ބޭނުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.

ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު މީޑިޔާ އަކަށް ދެއްވި އިންޓަވިއު އެެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރިޔާސީ ޓިކެޓް ހޯއްދަވަން އުޅުއްވަނީ ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި އިންތިހާބުގައި ވާދަކުރަށްވައި، އިންތިހާބު ކާމިޔާބު ކުރުމަށް ފަހު، އެ މަނިކުފާނު ޖަލުން މިނިވަން ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އުއްމީދަކީ ޕްރައިމަރީ އެއް ބާއްވަން ނުޖެހި ރިޔާސީ ޓިކެޓް ދިނުމުގެ ކަންކަން ނިމިގެންދިޔުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވެސް ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރަށްވާފައެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑަަައަޅާނީ މިއަދު ހަވީރު 04:00 ބާއްވާ އެޕާޓީގެ ސެނެޓްގެ ބައްދަލުވުމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން