އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އަބްދުލަ ގައްޔޫމްގެ ކެންޑިޑެސީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ.

ރައީސް ޔާމިންގެ ކެންޑިޑަސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 14:30 އަށެވެ. ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަަށް ރައީސް ޔާމީން އިލެކްޝަން ކޮމިޝަނަށް ކެންޑިޑަސީ ހުށަހެޅުމުން އެކޮމިޝަނުން ވަނީ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެ ފޯމް ބަލަައިނުގަތުމަށް ނިންމާފައެވެ.



އިލެކްޝަން ކޮމިޝަނުން ބުނީ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އެކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ގާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުންގެ ކެންޑިޑެސީއާމެދު ސުވާލު އުފެދިގެން ހުށަހަޅާ މައްސަލަތައް ސުޕްރީމް ކޯޓުން ހަތް ދުވަސް ތެރޭ ނިންމަން ޖެހެއެވެ. އަދި މިފަދަ މައްސަލަތައް ބަލާނީ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުން ކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމިނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވިދާނެ ކަމަށް ބަލައި އިދިކޮޅު ޕީއެންސީން ވެސް މިއަދު ވަނީ ކެންޑިޑޭޓެއް ނެރެން ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން