ޒަހީނުއްދީން ސަޢީދު   3 އޯގަސްޓު 2023 - 18:17
ރައީސްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރިން ހުންނެވި މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

ޝިހާބާއި ނާޒިމް ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވީ މިއަދު އެޕާޓީގެ މައި އޮޕީސް މ. ކުނޫޒްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ބޭފުޅުން ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަތްޕުޅަށް ވަނީ ފޯމް އަރުވާފައެވެ.



ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސްކަން ކުރެއްވި މުހައްމަދު ނާޒިމަކީ ކުރީގެ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެެވެ.

ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ހޯމް މިނިސްޓަރުގެ މަގާމު އަދާކުރަށްވާފައިވާ ބޭފުޅެކެެވެ. ނަމަވެސަ ޔާމިން ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ ނާޒިމް ވަނީ ދިގު މުއްދަތަށް ޖަލަށް ލާފައެވެ. ޖަލު ހުކުމުގައި ހުންނަވައި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު އަނބުރާ ވަޑައި ނުގަންނަވައި ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ޔާމިންގެ ވެރިކަން ނިމުނުފަހުންނެވެ.

މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ޝިހާބު ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 02 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން