ޒަހީނުއްދީން ސަޢީދު   3 އޯގަސްޓު 2023 - 18:55
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު އައްޔަންކޮށްފި އެވެ.

ރިޔާސީ އިންތިހާބުގައި ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓްކަމުގެ ލިޔުން އަލީ ވަހީދާއި ހަވާލުކުރީ އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ލިޔުން އަލީ ވަހީދާއި ހަވާލުކޮށްދެއްވީ ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ.

އަލީ ވަހީދު އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސިއިރު އިއްޔެ އޭނާއަށް ވަނީ ގާސިމްގެ އެޑްވައިޒަރުކަން ވެސް ދެއްވާފައެވެ.

އަލީ ވަހީދު މީގެ ކުރިން ހުންނެވީ ޕާޓީގެ ރައީސްގެ މަގާމުގައެވެ. އެހެން ނަމަވެސް އެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހަކާ ގުޅިގެން އެމަގާމު އަލީ ވަހީދަށް ވަނީ ގެއްލިފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން