ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް ތަދައްހުލުވާން ނިންމައިފި އެވެ.

އޭޖީ އޮފީހުން ބުނީ ކުރީގެ ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައަށް ސުޕްރީމް ކޯޓުން އަންގައިގެން އެ އޮފީހުން ތަދައްހުލު ވެފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓަށް ޔާމިންގެ ފަރާތްޕުޅުން އިއްޔެ ހުށަހެޅި މި މައްސަލައިގެ އަޑުއެހުން މާދަމާއަށް ވަނީ ތާވަލްކޮށްފައެވެ. ޕީޕީއެމް ވެސް ވަނީ އަމިއްލަ އަށް އެދިގެން އެމައްސަލައިގެ ތެރެއަށް ތަދައްހުލު ވެފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އެކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން