ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ފޯމް ހުށައަޅުއްވައިފި އެވެ.

ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކެރެވޭ ފަދަ ހާލަތަކަށް ބަލައި ޕީއެންސީން މިއަދު ވަނީ އެ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމައި ޕާޓީގެ ޓިކެޓު ހޯދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތު މިއަދު 2:00 އާ ހަމައަށް ވަނީ ހަމަވެފައެވެ. ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވީ މުއިއްޒާއި އާދަމް ޝަރީފް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނެފައިވަނީ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ޖެހެނީ ޕްރައިމަރީއަކުން ކަމަށެވެ. ނަމަވެސް އިންތިހާބާ ދެމެދު ވަގުތު ނެތުމުން ޕްރައިމަރީ ނުބާއްވައި ކެންޑިޑޭޓް ކަނޑައެޅުމުގެ ކަންކަން ކުރުމުގެ ބާރު މިހާރު ވަނީ އެ ޕާޓީގެ ސެނެޓަށް ދީފައެވެ.

އެހެންކަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް މިއަދު 4:00 ގައި އެ ޕާޓީގެ ސެނެޓުގައި ވޯޓަކަށް އަހައި ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން