ގައުމުގައި މިއަދު ހިންގާ ނޭއްގާނީ ކަންކަމުން ގައުމު ސަލާމަތް ކުރުމަށް އެމަނިކުފާނު ތަޖުރިބާ ކޮށްލުމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެެވެ.

ގާސިމް މިހެން ވިދާޅުވީ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމާއި، ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވަނީ، ރާއްޖެ ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ގައުމު ގެންގޮސް ގައުމުގައި ހިންގާ ނޭއްގާނީ ކަންކަން ދުރުކުރުމަށް އެޕާޓީ އާއި ގުޅުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ގާސިމް ވިދާޅުވީ މިއަދު ސަރުކާރުން ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަނީ ދެ ގުނަ އަގު ބޮޑުކޮށް ކަމަށެވެ. ގާސިމް ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ދިވެހި ރައްޔިތުން ވެރިކަމަށް ގެންނަނީ އެމަނިކުފާނު ތާއިދު ކުރާ ބޭފުޅެއް ކަމަށާއި އެހެންކަމުން ދިވެހި ރައްޔިތުން މިފަހަރު އެމަނިކުފާނު ތަޖުރިބާ ކޮށްލުން ކީއްތޯއޭ ވިދާޅުވެ ގާސިމް ވަނީ ސުވާލު ކުރަށްވާފައެވެ.

" އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިގައުމު ސަލާމަތް ކުރުމަށްޓަކައި އަމާންކަމުގެ އައްސޭރި އެއް ހޯދުމަށްޓަކައި އަދި އަޅުގަނޑުމެންގެ ގައުމުން މި ހަރަދުކުރަމުންދާ ޑަބަލްކޮށް ތިން ގުނަކޮށް އެކި ޕްރޮޖެކްޓް ތަކަށް ހަރަދުކުރަމުންދާ ހަރަދުތަށް ހުއްޓުވުމަށްޓަކައި އަމިއްލަ ކުންފުނިތަކުން ނަގާފައި ހުރި ލޯނުތަކާއި ލާރިތަކާއި އެއްޗެހި ނުދީ ތޮއްޖައްސައިގެން ދަމުންދާ ކަންތައްތަށް މިފަދަ ނޭއްގާނީ ހުރިހާ ކަމަކުން ސަލާމަތް ކުރުމަށް މި ޕާޓީ އާއި ގުޅިވަޑައިގަންނަވާށޭ، އަޅުގަނޑު ވެސް ތަޖުރިބާ ކޮށްލައްވާށޭ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރަށްވާ ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، ތަރައްގީގެ ޕްރޮޖެކްޓް ތަށް ހިންގަނީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ މިއަހަރު ނިމެންވާއިރަށް ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންނަށް ފަސްއަހަރު އާމްދަނީ ގާސިމް ވިދާޅުވިއެވެ. އެދަރަނި ނުދެއްކިއްޖެނަމަ ދެން ރާއްޖެ އަށް ވާނެ ގޮތަކާއި މެދު ގާސިމް ވަނީ ސުވާލު ކުރަށްވާފައެވެ.

"އެހެންވީމާ މިއަދު ވަގުތު ފާއިތުވުމުގެ ކުރީގައި އަޅުގަނޑު ދިވެހި ރައްޔިތުންނަށް އާދޭސް ކޮށްފައި މިދަންނަވަނީ ރަނގަޅަށް ވިސްނާވަޑައިގަންނަވާށޭ، ހަމަ ދައްކާލާހާ ދަޅައަކަށް ކޮށްދޭހާ ޕްރޮޖެކްޓްތަކަކަށް، އެއީ ވަކި މީހަކު ކޮށްދޭ ކަމެއް ނޫން، 120 ބިލިއަން ރުފިޔާގެ ދަރަނި، ކަނޑައެޅިފައިވާ ދުވަސް ތަކަށް ނުދެއްކިއްޖެޔާ ވާނެ ގޮތް ތިބޭފުޅުން ވިސްނަވާ. އާދެ ޑިފޯލްޓް ޕޮޝިޝަނަކަށް ދާނީ، ދިޔައީމާ ދެންވާނީ ކިހިނެތްތޯ،" އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން