އަހުމަދު މަސްނޫމް   3 އޯގަސްޓު 2023 - 21:44
އއ. މާޅޮސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ އއ. މާޅޮސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާކަމަށެވެ.

އެމްޓިސީސީން ބުނީ މިހާރު ކުރިއަށްދަނީ ޖެޓީ ހެދުމާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތްކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 20,049 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1,969 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 2,317 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރީގެ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ . އަދި 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 400 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުމާއި ޖެޓީއެއް ހެދުމާއި، 2240 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢަކީ 63.25 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން