ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އިތުރު މަސައްކަތްތައް ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.



މިއަދު ސޮއެކުރެވުނު މަޝްރޫޢުއަކީ އެ ކުންފުންޏާއި ހަވާލުކުރެވިފައިވާ ޅ. ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މައި މަޝްރޫޢުގެ މަސައްކަތުގެ ތެރެއަށް އިތުރުކުރެވުނު މަސައްކަތްތަކެކެވެ.

5049 މީހުންގެ އާބާދީއެއް އޮންނަ ޅ. ހިންނަވަރު ރައްޔިތުން ޢާއްމުކޮށް މަސައްކަތްކުރަނީ އަތޮޅުގެ އެކިއެކި ރިސޯޓްތަކުގައެވެ. މީގެއިތުރުން މި އަތޮޅުގައި އޮންނަ ޅ.ފެލިވަރު މަސްފެކްޓްރީގައިވެސް ގިނަ އަދަދެއްގެ ހިންނަވަރު ރައްޔިތުން މަސައްކަތްކުރެއެވެ. މީހުން ދިރިއުޅޭ މަދު ރަށްތަކެއް އޮންނަ ޅ.އަތޮޅުގައި ގިނަ އަދަދެއްގެ ރިސޯޓްތަކެއް އަންނަނީ މިހާރު

ހިންގަމުންނެވެ.

މި ރަށުގައި މާބޮޑު މަސްވެރިކަމެއް ނެތްނަމަވެސް ކަނޑުމަހުގެ މަސްވެރިކަން ކުރާ 4 ވަރަކަށް ދޯނި މިހާރުވެސް އޮވެއެވެ. އަދި، ފަރުމަސްވެރިކަމަށާއި، ދަތުރުފަތުރުގައި ބޭނުންކުރާ އެކި ސައިޒުގެ 50 އަކަށް ލޯންޗާއި ޑިންގީފަހަރުވެސް މި ރަށު ބަނދަރުގައި އޮވެއެވެ. ހަމައެހެންމެ، މި ރަށަކީ މަސްވެރިކަން ރަނގަޅު މޫސުމުގައި ފެލިވަރަށް މަސް ކިރުމަށް އަންނަ ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ އޮޑިފަހަރުތަކެއް ބަނދަރުކުރާ ރަށަކަށްވުމާއެކު، މި ރަށުގައި ރަނގަޅު ފެންވަރެއްގެ ޖާގަ ތަނަވަސް ބަނދަރެއް އޮތުމަކީ މި ރަށަށާއި އަދި މި ރަށަށް އަންނަ ގިނަ އުޅަނދުފަހަރަށްވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަމެއްގެ ގޮތުގައި މި ކުންފުނިން ދެކެމެވެ.

މި ރަށު ރައްޔިތުންގެ އެންމެ ދެކެން ބޭނުންވަނީވެސް ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ލިބޭނެ ދުވަހެކެވެ. އެގޮތުން، މިއަދު ސޮއިކުރެވޭ ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އިތުރު މަސައްކަތް ނިމުމާއެކު ރައްޔިތުން އަހަރުތަކެއް ވަންދެން ތަޙައްމަލު ކުރަމުންދިޔަ ލަފާފުރުމުގެ ދަތިކަން

އެއްކޮށް ނިމި އެކަށީގެންވާ ރަނގަޅު ހައްލެއް ލިބިގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން