ރައްޔިތުން ތިބީ %70 އަށްވުރެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިންތިހާބުކުރަން ތައްޔާރަށްކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ރައީސް ސާލީހަށް ތާއީދު ހޯއްދެވުމަށް ދ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންެނެވެ.

ދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން މަހްލޫފް އާއި އޭނާގެ ޓީމު ވަނީ އެ އަތޮޅު މީދޫ، ބަނޑިދޫ އާއި ރިނބުދޫއަށް ވަޑައިގެންފައެވެ.

މަހްލޫފްގެ ދަތުރުގެ ތެރެއިން އެ އަތޮޅުގައި ކުރިއަށްދާ ޒުވާނުންނާއި ކުޅިވަރުގެ ތަރައްގީއަށް ހިންގާ ގިނަ މަޝްރޫއޫތަކެއް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.



މަހްލޫފް ވިދާޅުވީ ދ.އަތޮޅުގައި ކުރިއަށްދާ ތަރައްގީގެ ގިނަ މަޝްރޫއޫތަކެއް މިހާރު ނިމިފައިވާކަމަށާއި، ވަރަށް އަވަހަށް އެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ސާލިހު ވަޑައިގަންނަވާނެކަމަށެވެ.

މަހްލޫފް ވިދާޅުވީ ދ.އަތޮޅުގެ ރަށްތަކަށް މިއިން ޒަމާނަކު އަދި އުންމީދުވެސް ނުކުރާ ތަރައްގީ ވަނީ އައިސްފައިކަމަށެވެ. އަދި ރައްޔިތުން ތިބީ 70 އިންސައްތައަށްވުރެ މަތިން ރައީސް ސާލިހު އިންތިޚާބުކުރަން ތައްޔާރަށްކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ދ.އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ފޯރި ގަދަވެފައިވާއިރު މަހްލޫފް ވިދާޅުވީ އެމްޑީއޭ އާއި އެމްޑީޕީގެ ޓީމުތައް އޮތީ ގަދަކޮށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން