އިއްޔެ އެކަނިވެސް ޖުމްހޫރީ ޕާޓީއަށް 500 އަށްވުރެ ގިނަ މެންބަރުން ގުޅިއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާއިރު އެ ޕާޓީން ދަނީ ކެމްޕެއިން ފުޅާކޮށް، ޕާޓީއަށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެެވެ. އެގޮތުން ކުރަމުންދާ މަސައްކަތްތަކާއެކު ޕާޓީއަށް ވަންނަ މެންބަރުންގެ އަދަދުވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ފުޅާކޮށްފައިވާއިރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ގެންދަވަނީ އެކަމުގައި އިސް ދައުރެއް އަދާކުރައްވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ އިއްޔެ އެކަނިވެސް ޖުމްހޫރީ ޕާޓީއަށް 500 އަށްވުރެ ގިނަ މެންބަރުން ގުޅިފައިވާކަމަށެވެ. އަދި އޭގެތެރޭގައި މާލެއާއި އަތޮޅުތަކުން އެކި ފަންތީގެ އެކި ފަންނުތަކުގެ އެތަކެއް މެންބަރުން ހިމެނޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ.



ގާސިމް ވިދާޅުވީ ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުން ދޭހަކޮށްދެނީ އެ ޕާޓީއާ އެމަނިކުފާނުގެ ސިޔާަސީ ފިކުރަށް ލިބެމުންދާ ކުރިއެރުންކަމަށެވެ.

ގާސިމް ވަނީ އެ ހުރިހާ މެންބަރުންނަށްވެސް ހިތުގެ އިޚްލާޞްތެރި ޝުކުރާއި މަރުހަބާއާއި ތަޙްނިޔާ އަރިސް ކުރާކަމަށް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ކެމްޕެއިން ފެށި ޕާޓީއަށްވާއިރު، އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެހެން ފަހަރުތަކަށްވުރެ މިފަހަރު ޖުމްހޫރީ ޕާޓީއަށް ބޮޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން