އެވައިރަސްގެ އަސަރު ހަށިގަނޑަށް ކުރުމުން ނޭވާލާ ނިޒާމު ދުޅަވާ ވައިރަސްއަކުން ސަލާމަތްކުރުމަށްޓަކައި ދޭންޖެހޭ އާވެކްސިނެއް އުމުރުން އަށް މަހުން ދަށުގެ ހުރިހާ ތުއްތުކުދިންނަށް ދޭންޖެހޭނެކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލުން (ސީ.ޑީ.ސީން) ބުނެފިއެވެ.

މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްބުނެ ސީ.ޑީ.ސީއަށް ލަފާދީފައިވަނީ މިނިވަން ތަޖުރިބާކާރުންގެ ޓީމަކުންކަމަށް ސީއެންއެން ނޫހުން ބުނެއެވެ. މި ޓީމުން އެމެރިކާގެ މިއިދާރާއަށް ދިން ލަފާދީފައިވަނީ އިއްޔެއެވެ. މިކަމާއި ގުޅިގެން ތުއްތުކުދިންނަށް ކޮންމެހެން ދޭންޖެހޭ ވެކްސިންތަކުގެ ލިސްޓަށް މިއާވެކްސިން ސީ.ޑީސީން މިހާރުވަނީ ރަސްމީކޮށް އިތުރުކޮށްފައިއެވެ.

ނޭވާލާ ނިޒާމު ދުޅަކުރުވާ މިވައިރަސްއަށް ކިޔަނީ ރެސްޕިރެޓްރީ ސިންކްޝަލް ވައިރަސް (އާރ.އެސް.ވީ) އެވެ. މިވައިރަސްއާއި ދެކޮޅަށް ދޭން ނިންމާފައިވާ ވެކްސިނަށް ކިޔަނީ ނީސެވިމެބްއެވެ.

މިވެކްސިންގެ ދެވަނަ ޑޯޒެއް އަށް މަހާއި 19 މަހާއި ދެމެދުގެ އުމުރުފުރާތަކުގެ ކުދިންނަށް ދޭންޖެހޭނެކަމަށްވެސް ތަޖުރިބާކާރުންގެ ޓީމުގެ ފުރިހަމަ އިއްތިފާގާއިއެކު ސީ.ޑީސީއަށް ލަފާދީފައިވާކަމަށްވެސް ސީއެންއެން ނޫހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން