ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ހުރިހާ ރައްޔިތުންގެ ކެނޑިޑޭޓެއްކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެހެން ޕާޓީތަކުގެ ސްލޮޓްތަކުގައި ކެބިނެޓަށް އައްޔަން ކުރެވުނު ވަޒީރުންގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަށްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްވެސް ހިމެނިވަޑައިގަންނަވައެވެ.

މިނިސްޓަރ މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހަކީ މީގެކުރިން ދިވެހިން ދެކެފައިނުވާފަދަ ވެރިއެއްކަމަށާއި، އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސްކަމަށް އިންތިހާބުކުރަންޖެހޭކަމަށެވެ.



މައުސޫމް ވިދާޅުވީ ރައީސް ގައުމީ ތަރައްގީއާއި އަމާންކަމާއި ފާގަތިކަމާއި އުފާވެރިކަން ރައްޔިތުންެ ބޭނުންވާނަމަ ރައީސް ސާލިހަށް ވޯޓް ދެއްވަންޖެހޭކަމަށެވެ.

މީގެކުރިންވެސް މައުސޫމް ވަނީ ރައީސް ސާލިހަށް ތާއީދުކުރައްވާ ސަބަބުތައް ހާމަކުރައްވާފައެވެ. އެގޮތުން ކޯވިޑްގެ ތެރޭގައި ރާއްޖެގެ ފަތުރުވެރިކަމުގެ ދާއިރާ އާއި އެހެނިހެން އިގްތިސާދީ ސިނާއަތްތަކަށް ލިބުނު ގެއްލުންތަކުން އިއާދަވާން ރައީސް ސާލިހުގެ ލީޑަރޝިޕުން ކުރެއްވި ހަރުދަނާ މަސައްކަތްތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން