ކުރީގެ ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ގެއްލޭ ހާލަތެއްގައި، އެ ޕާޓީން އެހެން ކެންޑިޑޭޓެއް ނެރެން އިތުރު ވަގުތު ދީފިނަމަ ރިޔާސީ އިންތިހާބު ބާއްވާ ތާރިޙު ފަސްކުރަން ޖެހިދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެެވެ.

އިލެކްޝަން ކޮމިޝަނުން އެގޮތަށް ބުނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ. މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ޕީޕިއެމުން ރިޔާސީ ކެންޑިޑޭޓަކަށް އެއްވެސް ބޭފުޅެއްގެ ނަން މިހާތަނަށް ހުށައަޅުއްވާފައި ނެތް ކަމަށާއި އެޕާޓީން ހުށައެޅުއްވި ކެންޑިޑެސީ ފޯމް އެކޮމިޝަނުން ރިޖެކްޓް ކޮށްފައިވާ ކަމަށެވެ. އަދި އިތުރު ކެންޑިޑޭޓެއްގެ ނަން ޕީޕިއެމުން ހުށައަޅައިފިނަމަ އެ ކެންޑިޑޭޓެއްގެ ނަން ބަލައިގަންނާނެ ކަމަށާއި އެކަމަށް މިވަގުތު އެއްވެސް ހުރަހެއް ނެތް ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަން އިތުރު ވަގުތު ދީފި ނަމަ ގާނޫނުގައި ބުނާ ހައްގުތައް ކެންޑިޑޭޓުންނަށް ދީގެން އިންތިހާބު ކަންކަން ކުރިއަށް ގެންދަން ހުރަސް އެޅިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ލިބިދޭ 30 ދުވަސް ނުލިބޭނެ ކަމަށާއި، އެހާލަތުގައި އިންތިހާބު ބާއްވާ ތާރީހު ލަސްކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިހާބު ބާއްވާ ދުވަސް އިތުރަށް ފަސްކޮށްފި ނަމަ މުޅި ވޯޓާސް ލިސްޓް އަލުން އެކުލަވާލައި މުޅި އިންތިހާބު އަލުން ތަރުތީބުކުރަން ޖެހުމަކީ، ގާނޫނުގައި ބުނާ މުއްދަތަށް، ގާނޫނު އަސާސީގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކުރުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ފެންނާތީ އެވާހަކަ ފާހަގަކޮށްލަން،" އީސީގެ އެސްޖީ ހަސަން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައިފިނަމަ، ޕީޕީއެމްގެ ޓިކެޓުގައި ކެންޑިޑޭޓަކު ނެރެން އިތުރު ވަގުތު ދިނުމަށް ސްޕްރީމް ކޯޓުގައި މިއަދު ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން