ޕީއެންސީ ގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި މާލޭ ސިޓީގެ މޭޔަރ ޑރ.މުއިއްޒު އަކީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ޕްލޭން ސީ ކަމަށް، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، ސުޕްރީމް ކޯޓު ސަރަހައްދުގައި ހުންނަވައިގެން މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައެވެ. 

ޝިޔާމް ވިިދާޅުވީ ރައީސް ޔާމީނުގެ ޕްލޭންތަކުގެ އޭ އާއި ބީ އަދި ޕްލޭން ސީ ވެސް ހާމަކުރަށްވާފައެވެ. އެގޮތުން އެ ޕްލޭންތަކަކީ;

1. ޕްލޭން އޭ - ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައީސް ޔާމީނު ވާދަކުރެއްވުން

2. ޕްލޭން ބީ - ރައީސް ޔާމީނަށް ވާދަ ނުކުރެވިއްޖެނަމަ، ޕީޕީއެމްގެ އެހެން ކެނޑިޑޭޓެއް ނެރުން

3. ޕްލޭން ސީ - ރައީސް ޔާމީން އަދި ޕީޕީއެމް ގެ ކެންޑިޑޭޓް އަކަށް ވާދަ ނުކުރެވިއްޖެ ނަމަ، ޕީއެންސީގެ ކެންޑިޑޭޓް ވާދަ ކުރެއްވުން

ޝިޔާމް ވިދާޅުވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ ސީދާ ރައީސް ޔާމީންގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން ކަމަށެވެ. ރައީސް ޔާމިން ޕްލޭން އޭ، ބީ އަދި ސީ ހެއްދެވީ ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ ހައްގުތައް ހިމާޔަތްކުރައްވައި، އެ މެމްބަރުންނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބަސްބުނެވޭނެ ގޮތް ހެއްދެވުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފައިވަނީ، މިމަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން