މާލޭ މަގުމަތިން މީހަކު ރަހީނުކޮށް، ދެ ލައްކައެއްހާ ރުފިޔާ ފޭރި ގަނެފިއެވެ.

ފުލުހުން ވިދާޅުވީ ބަޔަކު ވެގެން މީޙަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގަނެފައިވާ މައްސަލަ މިއަދު މެންދުރު 1:30 ހާއިރު ހުށަހެޅިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ރަހީނުކުރީ ދިވެހި ފިރިހެނެއްކަމަށާއި، ރަޙީނުކޮށްގެން އޭނާ ގެންގޮސްފައިވަނީ މާލޭގެ ގެސްޓް ހައުސްއަކަށްކަމަށެވެ. އަދި އެއަށްފަހު ގަދަކަމުން އޭނާގެ ބޭންކު އެކައުންޓުން ޓްރާންސްފާ ކުރުވައިގެން ފައިސާތަކެއް ހޯދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ނަމަވެސް އޭނާގެ އަތުން ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމަށް ފުލުހުން ހާމައެއް ނުކުރެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ޓްރާންސްފަރކޮށްފައެވެ.

މާލޭގައި މީހުން ރަހީނުކުރުމާއި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެެވެ. ނަމަވެސް އެކަންކަމާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭކަމަށް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން