އަހުމަދު މަސްނޫމް   5 އޯގަސްޓު 2023 - 15:48
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނަށް އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި ޕީއެންސީން ވާދަކުރަން ކެންޑިޑޭޓެއްގެ، ގޮތުގައި ކަނޑައެޅި، މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ހަމަޖައްސަން ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މުއިއްޒުގެ ރަނިންމޭޓަކަށް މެމްބަރު ހުސައިން ހަމަޖެއްސުމަށް މަޝްވަރާ ކުރިކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މުއިއްޒުގެ ރަނިންމޭޓަކަށް ބޭފުޅަކު އައްޔަންކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަކަމަށް ބުނާއިރު، މުއިއްޒަކީ ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި އިދިކޮޅު ކެންޑިޑޭޓަށް ވެދާނެކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.

ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓް މުއިއްޒަށް ދީފައިވާއިރު، ޕީޕީއެމުން ރޭ ބުނީ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭނެކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަކީ އިތުރު ގޮތެއް ނެތިއްޖެނަމަ ވާދަކުރާނެ ކެންޑިޑޭޓްކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ މެދުގައި މިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބަހުސްކުރަމުންދިޔަ ނަމަވެސް، ޕީއެންސީގެ ޓިކެޓް ދީފައިވާ މުއިއްޒު މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ކެނަޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ރައީސް ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ދެން އޮތީ އެ މައްސަލައިިގެ ހުކުމް އިއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން