ސިނަމާލެ ބްރިޖަށް އުދަ އަރައި، ބައެއް އުޅަނދުތަކަށާއި، މީހުންނަށް އަނިޔާވެއްޖެއެވެ.

ހުޅުމާލެއިން ސިނަ މާލެ ބްރިޖަށް އަރަން އޮންނަ ދިމާއިން ސައިކަލުގައި ބަޔަކު ދަތުރުކުރަމުން ދަނިކޮށް އެރި ރާޅަކާއި އެކުގައި އެމީހުން ވެއްޓިގެން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް ޝޯޝަލް މީޑިޔާ ވަނީ އާންމުވެފައެވެ.

ފުލުހުން ވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާތީ އެ ސަރަހައްދުން ދުއްވާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިއަދު އެސަރަހައއދަށް އެރި ރާޅަކާއެކު ގިނަ ބަޔަކު ސައިކަލުން ކަހާލައި ބިންމައްޗަށް ވެއްޓުނު ހާދިސާގައި އަނިޔާގެ ލިބުނީ ކިތަަށް މީހުންނަށް ކަމެއް އަދި ސާފެއް ނުވެއެވެ.

މިއަދު މާލޭގެ އެކި ސަރަހައްދުތަކަށް ދަނީ ވަރަށް ބޮޑަށް އުދައަރަމުންނެެވެ. އެގޮތުން އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑުތަކުރުފާނުމަގާއި ކާނިވާ ސަރަހައްދަށް ވެސް ވަރަށް ބޮޑަށް ވަނީ އުދަ އަރާފައެވެ. މި ސަރަހައްދުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގެ ގާތަކުގެ މަތިން ވެސް އުދައަރައި ޕެޓްރޯލް ޝެޑާ ހަމަޔަަށް ވަނީ ލޮނުގަނޑު އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން