ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 10:00 އަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ވަގުތު މިރޭ 10:00 އަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ވީހާވެސް ގިނަ ބަޔަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ކުރިން އޮތީ މިއަދު 04:00 އަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ބަންދުކުރާގޮތަށެވެ.

ރިޔާސީ އިންތިހާބަށް މިހާރު ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމު ހުށައަޅައިގެން އެކަންޏެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އެކޮމިޝަނުން ހުޅުވާލި ނަމަވެސް އެ ފުރުސަތު މިހާރު ވަނީ ބަންދުކޮށްފައެވެ.

ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމް، އިލެކްޝަންސް ކޮމިޝަނަށް ނޫނީ ފޯކަލް ޕޮއިންޓަކަށް ހުށަހަޅައިގެންނެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މާލެ ފިޔަވައި، ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން ވޯޓް ލުމަށް އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން