ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް، ޤާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ.އަމީން އިބްރާހިމް ހަމަޖައްސަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކަށް އަމީން ހަމަޖެއްސިކަން އިއުލާންކުރީ، ކުނޫޒްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ، އަމީން އިބްރާހީމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ އިތުރުންވެސް ސަރުކާރުގެ އެކި މަޤާމްތައްވެސް އޭނާ ފުރުއްވާފައިވެއެވެ.

ޤާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ޑރ. އަމީން ހަމަޖައްސެއްވިކަން އިއުލާންކުރެއްވީ އެކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ހާއްސަ ނުސްވެެރިންގެ ބައްދަލުވުމެއްގައި، ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާޙީމެވެ.

އެމަނިކުފާނު، ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް އިންނެވެ. ޑރ. އަމީން ވަނީ، މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން މެނޭޖްމަންޓް ރޮނގުން މާސްޓާޒް ހާސިލް ކުރައްވާފައެވެ. އަދި އޮސްޓްރޭލިއާއިންވެސް ވަނީ ހަމަ އެ ރޮނގުން ކިޔަވާ ވިދާޅުވެފައެވެ.

ޤާސިމް އިބްރާހީމްގެ ކެމްޕެއިން މެނޭޖަރުންގެ ތެރޭގައިވެސް ޑރ. އަމީން ހިމެނިވަޑައިގަނަންވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން