ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ފޯމް ހުށަހަޅުއްވައިފިއެވެ.

އިލްޔާސް ފޯމް ހުށަހަޅުއްވާފައިވަނީ މިއަދު މެންދުރުފަހު އިންތިޚާބާއި ގުޅޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްއާއި އޭނާގެ ރަނިންމޭޓް ހުސައިން އަމްރު ބައިވެރިވެވަޑައިގެންނެވިއެވެ.

އިލްޔާސްގެ ފޯމާއި އިލެކްޝަނުން ހަވާލުވެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އިލްޔާސްގެ ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްުޔާތުގައި ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން