މިއަދު މެންދުރުފަހު 3:00ގެ ފަހުން ޒަރޫރީ ބޭނުންތަކަށް މެނުވީ ބްރިޖުން ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ 3:00ގެ ފަހުން މާލެ ސަރަހައްދަށް ދިޔަވަރު ބޮޑުވުމާއިއެކު އުދައަރައިފާނެ ކަމުގެ ބިރު އޮތްކަމަށާއި، މިގޮތުން ބްރިޖުގައި ދަތުރުކުރާއިރު ސަމާލުވުމަށާއި، ހަތަރު ފުރޮޅު ލީ އުޅަނދު ބޭނުންކުރުމަށް އިލްތިމާސްކުރާކަމަށެވެ.



ފުލުހުން ވިދާޅުވީ ދިޔަވަރު ހިކެން ދެން ހުޅުމާލެ އަދި ހުޅުލެއަށް ދަތުރުކުރުމުގައި ފެރީގެ ހިދުމަތް ބޭނުން ކުރުމަށް އިލްތިމާސްކުރާކަމަށެވެ.

މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި ހަވީރު 16:23 އިން ފެށިގެން ދިޔަވަރު ބޮޑުވާނެކަމަށާއި އަދި ދިޔަވަރު ހިކޭނެކަމަށް ލަފާކުރެވެނީ ރޭގަނޑު 10:55ގައިކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.

މާލެއަށް އިއްޔެ ދިޔަވަރު ބޮޑުވި ވަގުތު ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދަށް އަދި މާލޭ ރާޅުގަނޑު ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ. އެކަމުގެ ސައިކަލުތައް ވެއްޓި ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން