އިދިކޮޅު ޕީޕީއެމްއިން މިއަހަރުގެ ރިޔާސީ އިންތިޚާބު ބޮއިކޮޓްކޮށްފިނަމަ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރުުމުގެ ފުރުސަތު ނުދިނުމުން، އިންތިޚާބު ބޮއިކޮޓްކުރަން އެމަނިކުފާނު އަންގަވާފައިވާ ދަނޑިވަޅެއްގައެވެ.



ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ބޮއިކޮޓްކުރުމަކީ ރައީސް ސާލިހަށް އެންމެ ފުރުސަތު ބޮޑު ގޮތްކަމަށެވެ. އަދި ޕީޕީއެމްގެ ހުރިހާ ބޭފުޅުން އެކަމާއި ވަރަށް ރަނގަޅަށް ވިސްނެވުމަށްވެސް ނަޝީދު އެދިވަޑައިގެންނެވިއެވެ. ނަޝީދު ވިދާޅުވީ އުއްމީދު ނަގާނުލާ، ޑިމޮކްރެޓުންނާއެކު ކުރިއަށް ވަޑައިގަތުމުން ކާމިޔާބު ލިބޭނެކަމަށެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓްކުރުމަށް ރައީސް ޔާމީން އެންގެވުމުން ޕީޕީއެމް ޕީއެންސީން ދަނީ އެކަމާމެދު އަމަލުކުރާނެ ގޮތެއް ނިންމެވުމަށް މަޝްވަރާކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން