ދަ ޑިމޮކްރެޓްސް ޕާޓީން ޕީޕީއެމަށް ދިން ދައުވަތާއި ގުޅިގެން އެޕާޓީން ރާއްޖޭގެ މިނިވަން ކަމާ ސިޔާދަތު ހިމާޔަތް ކުރާނެތޯއޭ ވިދާޅުވެ ރައީސް ޔާމިން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ޒެއިން ކުރެއްވި ސުވާލަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަވާބު ދެއްވައިފިއެވެ.

ރައީސް ޔާމިންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަށް ސްޕްރީމް ކޯޓުން ތާއީދުކުރުމާއި ގުޅިގެން ނަޝީދު މިއަދު ވަނީ ޕީޕީއެމުން ދަ ޑިމޮކްރެޓްސްއާއެކު ރިޔާސީ އިންތިޚާބަށް ނުކުތުމަށް ދަޢުވަތު ދެއްވާފައެވެ. މި ދައުވަތު ނަޝީދު ވަނީ ޑިމޮކްރެޓްސް ގެ ރިޔާސީ ކެންޑިޑޭޓް އިޢުލާން ކުރި ދުވަހު ވެސް ޕީޕީއެމް ކޯލިޝަނަށް ދެއްވާފައެވެ.

ނަޝީދުގެ މި ދަޢުވަތާއި ގުޅިގެން ރައީސް ޔާމިންގެ ދަރިކަލުން ޒެއިން ވަނީ އެޕާޓީއަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރަށްވާފައެވެ.

"ސުވާލަކީ ޑިމޮކްރެޓްސް އިން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރާނެތޯ؟ ރާއްޖެ އިސްލާމް ގައުމެއްގެ ގޮތުގައި ބާއްވަން މަނިކުފާނު ރުހިވަޑައިގަންނަވަމުތޯ؟" ޒެއިން ވިދާޅުވެފައި ވެއެވެ.

ޒެއިންގެ މި ސުވާލުތަކުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމާއި ދަ ޑިމޮކްރެޓްސް ޕާޓީން ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތު ރައްކާތެރި ކުރާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖެ އަބަދުމެ ދެމި އޮންނާނީ އިސްލާމީ ގައުމެއްގެ ގޮތުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީން މީގެ ކުރިން ވެސް ވަނީ އެކި ފަހަރު މަތީން އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި އެކުގައި މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާކޮށް އެދައުވަތުވެސް ޕީޕީއެމަށް ދީފައި ވެއެވެ. ނަމަވެސް ޕީޕީއެމް ބޭނުން ވަނީ އިދިކޮޅު ކޮމަން ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމުގައި ހެދުމަށެވެ.

ސްޕްރީމް ކޯޓުގެ ހުކުމަށްފަހު ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮއިކޮޓްކުރަން ވެސް އެދިވަޑައިގެންފައެވެ. ނަމަވެސް ޕާޓީގެ ސެނެޓުން އެގޮތަށް ފާހެއް ނުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ވ

07-Aug-2023

ނަސީދުމެންނަކީ އެއްގޮތަކަންވެސް ތެދުހަދާނެ ބޭފުޅެންނޫ ސޯލިހުއާ ނަސީދުއަ ދެމީހުންވެސް ގައުމުގެންްދާނީ ޔަހޫދީންބޭނުންވާގޮތަޒް އިތުބާރުނުކުރޭ



ޓްރެންޑިން