ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމަވާފައިވާ ކަމަށް އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ފާރިސް އެކަން ހާމަކުރެއްވީ ޓުވިޓާގައި އޭނާ ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ ރައްޔިތުން އެދޭ ގޮތުގެ މަތިން ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަށްވަން ނިންމާފައިވާ ކަމަށެވެ.



ފާރިސް ވަނީ މީގެ ކުރިން އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްޓަކައި ގާނޫނުގައި ބުނާ 1،500 މީހުންގެ ސޮއި ވެސް މިދިޔަ ހަފްތާގެ ތެރޭގައި ހަމަކުރަށްވާފައެވެ.

ފާރިސް އަމިއްލަ ގޮތުން ވާދަކުރަށްވަން ނިންމެވިއިރު އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްއާރްއެމްގައި 3،000 މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެ ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުގެ އަމުރަކުން ވަނީ ހުއްޓުވާފައެވެ.

ރިޔާސީ އިންތިޚާބަަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން