ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރަން ޕީޕީއެމް- ޕީއެންސީގެ ސެނެޓުން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް، ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން އެގޮތަށް އަންގަވާފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި ފޮނުއްވި ނޯޓެއްގަ އެވެ.

ރައީސް ޔާމީން ފޮނުއްވި ނޯޓްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ނިންމެވި ގޮތް ކުރިން އޮންނާނީ ވިދާޅުވެފައި ކަމަށާއި އެ ނިންމުމަށް ބަދަލު ނުގެންނަވާ ކަމަށެވެ.

ނޯޓުގައިވާ ޔާމީންގެ ބަސްފުޅު، ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ލީޑަޝިޕަަށް މިހާރު ވަނީ އަންގަވާފައެެވެ. އެކަމާ ގުޅިގެން ލީޑަޝިޕްގެ ބައްދަލުވުމެއް ޕީޕީއެމް-ޕީއެންސީ އޮފީހުގައި ފަށަން ތައްޔާރު ވަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ޔާމިނަށް ވާދަ ނުކުރެއްވޭނަމަ ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން އެމަނިކުފާނު ވަނީ މީގެ ކުރިން ލީޑަރޝިޕަށް އަންގަވާފައެވެ. އެހެން ނަމަވެސް އިންތިހާބު ބޮއިކަޓް ކުރަން ނުފެންނަ ކަމަށް ޕީޕިއެމްގެ ސެނެޓުން ވަނީ ފާސްކޮށްފައެެވެ. މިގޮތުން، ޖޮއިންޓު ސެނެޓުގައި ނެގި ވޯޓުގައި ބައިވެރިވި ސެނެޓަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު ދީފައިވަނީ އިންތިޚާބު ބޮއިކޮޓު ނުކުރާށެވެ. ޔާމީންގެ އެންގެވުމާ އެއްގޮތަށް ބޮއިކޮޓު ކުރަން ވޯޓު ދިނީ 45 ސެނެޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން