ޒަހީނުއްދީން ސަޢީދު   7 އޯގަސްޓު 2023 - 2:49
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

މުއިއްޒުގެ އަރިސް ބޭފުޅަކު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި މެދު ގޮތެއް ނިންމާފައި ނުވި ނަމަވެސް މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ބެކަޕް ކެންޑިޑޭޓެއް ނެރުމަށް ނިންމައި ޕީއެންސީގެ ސެނެޓުގައި ނެގުނު ވޯޓު ކާމިޔާބު ކުރަށްވައި މުއިއްޒު ވަނީ ރިޔާސީ ޓިކެޓް ހޯއްދަވާފައެވެ. އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު އިންތިހާބު ބޮއިކަޓް ކުރުމަށް ޔާމިން ވަނީ އަންގަވާފައެވެ. އެހެން ނަމަވެސް ޕީޕިއެމް-ޕީއެންސީގެ ސެނެޓުން ވަނީ އިންތިހާބު ބޮއިކަޓް ކުރަން ނުފެންނަ ކަމަށް ފާސްކޮށްފައެވެ.

އެނިންމުން ވެސް ގަބޫލު ނުކުރަން ޔާމިން ވަނީ ނިންމަވާފައެވެ. ޔާމިންގެ އެ ނިންމެވުމާއި ގުޅިގެން ދެޕާޓީގެ ލީޑަރޝިޕްގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން