ރިޔާސީ އިންތިހާބު ބޮއިކަޓް ކުރުމަށް ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފައިވާތީ އެނިންމުން ބަދަލުކުރަން އެމަނިކުފާނާ އިތުރަށް މަޝްވަރާކުރަން ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން މިރޭ ނިންމައިފިއެވެ.

އެގޮތަަށް ނިންމާފައިވަނީ ޕީޕިއެމް-ޕީއެންސީގެ ލީޑަރޝިޕުން މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ މިއަދު މެންދުރު އިދިކޮޅު ކޯލިޝަންގެ ސެނެޓުން ރައީސް ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ނިންމައިފައިވާ ނިންމުން ގަބޫލުނުކުރައްވަން އެ މަނިކުފާނު ދެކޮޅު ހެެއްދެވުމާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

އެގޮތުން ޔާމީން ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ފޯނުން ގުޅުއްވާ އެ މަނިކުފާނުގެ ސްޓޭންޑަކީ އަދިވެސް އިންތިޚާބު ބޮއިކޮޓް ކުރުން ކަމަށް ވިދާޅުވެ ސެނެޓްގެ ނިންމުން ބަލައިނުގަތުމަށް ނިންމަވާފައެވެ.

މިރޭ ބޭއްވި ލީޑަޝިޕްގެ ބައްދަލުވުމުގައި ލީޑަޝިޕްގެ ބޭފުޅުންގެ ގިނަ ބޭފުޅުންގެ ވިސްނުންހުރީ އިންތިހާބު ބޮއިކޮޓް ނުކޮށް ކުރިއަށް ދިއުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންކަމުން އެކަމާ މެދު އަލުން ރައީސް ޔާމިން އާއި މަޝްވަރާ ކުރަން ލީޑަރޝިޕުން މިރޭ ވަނީ ނިންމާފައެވެ.

އެގޮތުން ޔާމީނާ މަޝްވަރާކޮށް މާދަމާ ހެނދުނު 9:30ގައި އިތުރު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ޕާޓީގެ ލީޑަރޝިޕުގެ އިސްބޭފުޅަކު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރު 02:00ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން